Weitere ähnliche Inhalte
Mehr von fsjconsulting (9)
Partner baiveri kurun
- 2. ވިޔަފާރި ކުރާނީ އެކަނިތޯ ނުވަތަ ޕާޓްނަރެއް ބައިވެރިކޮށްގެންތޯ
ނިންމުމަށްޓަކައި އެކަމުގެ ދެކޮޅު ކިރާލުން މުހިއްމު.
ޕާޓްނަރަކާއި ގުޅުމުގެ ފައިދާތަކުގެ ތެރޭގައި ހިމެނެނީ:
• އެކަނި ނިންމާ ނިންމުންތަކަށްވުރެ ދެމީހަކު ބައިވެރިވެގެން ނިންމާ
ނިންމުންތައް ހަރުދަނާވުމުގެ ފުރުޞަތު ބޮޑު
• އެކަކަށް ވުރެ ގިނަ މީހުން ވެގެން ކުރާ ވިޔަފާރިއެއްގައި ވަގުތުގައް
ބަހާލައި މަސައްކަތްތައް ބަހާލުމުގެ ފުރުޞަތު އޮތުމުން ހުރިހައި ބުރައެއް
އެކަނި އުފުލާކަށް ނުޖެހޭ
2
- 3. • މުވައްޒިފެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށްވުރެ ވިޔަފާރިއެއްގައި
ބައިވެރިވާ ޕާޓްނަރެއް އެވިޔަފާރިއެއްގެ ކުރިއެރުމަށް އެދި
ޝައުގުވެރިކަމާއިއެކު މަސައްކަތްކުރާނެ
• އެކި ޕާޓްނަރުންގައި ވިޔަފާރިއަށް ބޭނުންވާ ތަފާތު ހުނަރުތައް ހުރުމުން
އެކަމުން ވިޔަފާރިއަށް ނުހަނު ފައިދާ ކުރޭ
• ވިޔަފާރި ޕްލޭންކުރި ގޮތަށް ކުރިއަށް ނުދާގޮތް މެދުވެރިވެއްޖެނަމަ
ވިޔަފާރީގެ ގެއްލުމުގައި ހިއްސާވާނެ އިތުރު ފަރާތެއްވޭ
3
- 4. ޕާޓްނަރެއް ބައިވެރިކުރުމުން ދިމާވެދާނެ ދަތިތަކުގެ ތެރޭގައި ހިމެނެނީ:
• ވިޔަފާރީގެ ފައިދާ އެހެން މީހުންނާ ހިއްސާކުރަން ޖެހުން
• ވިޔަފާރީގެ ފުރިހަމަ ކޮންޓްރޯލް އަތުން ދޫވުން. ޕާޓްނަރުންގެ މެދުގައި
ޚިޔާލުތަފާތުވުން ބޮޑުނަމަ ކަންކަން ނިންމުމަށް ދަތިވުން.
• ވިޔަފާރި ކާމިޔާބުވެއްޖެނަމަ ލިބޭ ތަޢުރީފުގައި އެހެންމީހުން ބައިރެވިކުރަން
ޖެހުން
4
- 5. • ޕާޓްނަރުންގެ ފިކުރާއި ނިންމުންތައް ރަގަޅުނޫންނަމަ ވިޔަފާރިއަށް ނޭދެވޭ
އަސަރުކުރުން
• ޕާޓްނަރުންގެ ތެރޭގައި ދެބަސްވުން އިތުރުވެ ވިޔަފާރި ރޫޅެން ދިމާވުން
ނުވަތަ ހިއްސާ ވިއްކާލަން ޖެހުން
5
- 6. ޕާޓްނަރެއް ބައިވެރިކުރުމަށް ކަނޑައެޅުމުގައި ވިސްނާލަންޖެހޭ މުހިއްމު ކަމަކީ
ތިމާއާއި އެހެން ޕާޓްނަރުންގެ ވިސްނުމާއި ފިކުރު މުހިއްމު ކަންތައްތަކުގައި
އެއްގޮތްތޯ.
ތިމާގަ ނެތް ހުނަރެއް ޕާޓްނަރުންގައި ހުރިނަމަ އެހުނަރަކާއި ގުޅޭގޮތުން
މަސައްކަތްތައް ބަހާލެވިދާނެ. އަދި އެމީހެއްގެ ދާއިރާއިން ކަންކަން
ނިންމުމުގައި ވީޓޯކުރުމުގެ ބާރު އެޕާޓްނަރަކަށް ދިނުމުން ކަންކަން ނިންމުމަށް
ފަސޭހަވެގެންދޭ. ޕާޓްނަރުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުނުކުރެވިގެން
އެކެއްގެ ހިއްސާ އަނެކަކު ގަނެވޭނެ ގޮތްތައް ދުރާލާ އެއްބަސްވެވިފައި ހުރުން
6 މުހިއްމު.